ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، އޮނަރަބަލް މަހިންދަ ޔަޕަ އަބޭވަރްދަނާ ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފި.

26 މާރިޗު 2026

ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، އޮނަރަބަލް މަހިންދަ ޔަޕަ އަބޭވަރްދަނާ ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފި.

ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، އޮނަރަބަލް މަހިންދަ ޔަޕަ އަބޭވަރްދަނާ ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފިއެވެ. އެމަނިކުފާނުގެ އަރިހުގައި ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ހާއްސަ ވަފުދެއް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ އޮނަރަބަލް މަހިންދަ ޔަޕަ އަބޭވަރްދަނާއަށް މަރުހަބާ ދެންނެވުމަށްފަހު، އެމަނިކުފާނުގެ އަރިހުގައި ދާރުލްއާސާރަށް ޒިޔާރަތްކުރައްވާފައެވެ.

ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް ދާރުލްއާސާރުގައި ހުރި ތާރީޚީ ތަކެއްޗާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައި ވަނީ މި ވުޒާރާގެ ތާރީޚާ ބެހޭ ހާއްސަ މުޝީރު އަޙްމަދު ޢަލާ ދީދީއެވެ.

އޮނަރަބަލް މަހިންދަ ޔަޕަ އަބޭވަރްދަނާ ރާއްޖެއަށް މިކުރައްވާ ދަތުރުފުޅަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ ހާއްސަ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.